Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

މުމްބާއީގެ 'އޯޓީއެމް ފެއާ' ގައި ރާއްޖެ

އިންޑިއާގެ މުމްބާއީގައި މިހާރު ކުރިއަށްދާ މި އަހަރުގެ "އޯޓީއެމް ފެއާ" ރާއްޖެ ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރްސީން މި ފެއާގައި ބައިވެރިވަމުން އަންނަ އިރު، ރާއްޖޭގެ ޓީމްގައި އެންމެ އިސްކޮށް ހުންނެވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ.

އިއްޔެ ފެށި "އޯޓީއެމް ފެއާ" ކުރިއަށްދާ މާދަމާގެ ނިޔަލަށެވެ.

ރާއްޖޭގައި ޓޫރިޒަމް އިންޑިއާގައި ޕްރޮމޯޓްކުރަން މިހާރު ބޮޑު އިސްކަމެއް ދޭ އިރު، އެ ގައުމު ހިމެނެނީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގަ އެވެ.

މިދިޔަ އަހަރު ވެސް އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ދާދި ފަހުން އިންޑިއާގެ ގްރުގާއޯންގައި "މޯލްޑިވްސް މަހާއުތާސާވް" ގެ ނަމުގައި ވެސް ރާއްޖެ އިޝްތިހާރުކޮށްފައިވެ އެވެ.