Last Updated: April 21, 10:07
Monday, April 21, 2025
ޚަބަރު

ހަންކެޑެ ބްރިޖް މިރޭ 12 ގައި ހުޅުވާލަނީ

ހަންކެޑެ އާ ބްރިޖް: މިތަން މާދަމާ ރަސްމީކޮށް އިފުތިތާހު ކުރާނެ. ފޮޓޯ/ އެޒް ނަޖް

އައްޑޫ ހަންކެޑެ އާ ބްރިޖް މިރޭ 12:00 ގައި އާންމުންނަށް ހުޅުވައިލަން ނިންމައިފި އެވެ.

އެކަން މިނިސްޓްރީން މިއަދި ކުރި ޕޯސްޓެއް ހިއްސާކޮށްފައިވެ އެވެ، ފެބްރުއަރީ 1 ގައި ހަންކެޑެ ބްރިޖް ހުޅުވައިލަން ނިންމިކަން މިނިސްޓްރީން އިއުލާންކުރީ އިއްޔެ އެވެ.

ބްރިޖް ނިމިފައިވާތާ ގިނަ ދުވަސްތަކެއްވި ނަމަވެސް އެ ހުޅުވާ ނުލައި ގިނަ ދުވަސްތަކެއްވެފައިވާތީ އައްޑޫ ސިޓީ ކައުންސިލާއި އާންމުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން ގޮސްފައިވެ އެވެ.

މި ބްރިޖަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހަދާފައުވާ ބްރިޖެކެވެ. ދެހާސް އެކާވީހުގައި މަސައްކަޔް ފެށި ބްރިޖް ހެދީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ.

ހަންކެޑެ އާ ބްރިޖަކީ އިންޓަރަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ އެތަން ތަރައްގީ ކުރަން ނިންމާފައިވާތީ އެ ރަށުގެ ބިމަށް ޖާގަ ހޯދުމުގެ ގޮތުން ލިންކް ރޯޑްގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު މިހާރު އޮތް ބަރިޖްގެ ބަދަލުގައި ހެދި ބްރިޖެކެވެ. އަދި އާ ބްރިޖް މިހާރު އޮތީ ގައުކެނޑި އާއި މަރަދޫ ބޮޑުމަގުގެ ކޮޅުން ގުޅޭ ގޮތަށެވެ.

ހަތަރު ލޭން ހިމެނޭ މި ބްރިޖަކީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު ބްރިޖެކެވެ.