Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުންތަކެއް ބަދަލުކޮށްފި

މުންއިމް.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.

އެގޮތުން ފުވައްމުލައް މިސްކިތްމަގު މާވޭދު، މުންއިމް އަނީސް ބަދަލުކުރީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އޭނަ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރީގެ ނޮވެމްބަރު 21، 2023 ގައި އައްޔަން ކުރުމަށްފަހު، އެ މަހުގެ 23 ގައި މަގާމުން ވަކި ކުރި އެވެ.

އޭގެ ފަހުން އަލުން މަގާމަށް އައްޔަނުކުރީ އެޕްރިލް 23، 2024 ގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެހެން މިނިސްޓްރީއަކަށް ބަދަލުކުރި އަނެއް ބޭފުޅަކީ ގއ. ދެއްވަދޫ، ނާރެސް، އަހުމަދު ނާޒިމް މުހައްމަދެވެ. އޭނަ ބަދަލުކުރީ ހެރިޓޭޖް މިނިސްޓްރީއަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނާޒިމް އައްޔަންކުރީ ޑިސެމްބަރު 13، 2023 ގަ އެވެ.

އެނގިފައިވާ ގޮތުގައި މުންއިމާއި ނާޒިމަކީ ވެސް މިދިޔަ މަހުގެ 28 ގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި އިބްރާހީމް ފައިސަލްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.