އެކްސިޑެންޓެއްގައި މިއަދު މީހަކު މަރުވެއްޖެ އެވެ.
ސިނަމާލޭ ބްރިޖް ހައިވޭގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން އެކްސިޑެންޓްވީ ހެނދުނު 8:19 ހާއިރު އެެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވީ ބަންގްލާދޭޝް ފިރިހެނެއް ކަމަށާއި، އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 9:05 ހާއިރު ކަމަށެވެ.
ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.