Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ސަޓާ އެވޯޑްސް އަށް ކުރިމަތިލާން ހުޅުވާލައިފި

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) ގެ މި އަހަރުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ޓޫރިޒަމް ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއަހަރުގެ ސަޓާ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ އަވައްޓެރި ސްރީ ލަންކާގަ އެވެ. މިއީ ސަޓާ އެވޯޑް ބާއްވާ 9 ވަނަ އަހަރެވެ.

މި އެވޯޑްގެ މި އަހަރުގެ އެޑިޝަނަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 15 އާ ހަމައަށެވެ. ސަޓާގެ ވެބްސައިޓް މެދުވެރިކޮކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑް ބޭއްވީ ނޭޕާލްގެ ވެރިރަށް، ކަތަމަންޑޫގަ އެވެ. އެ އެވޯޑްގައި ރާއްޖެއިން 30 އެވޯޑެއް ހޯދި އެވެ. އޭގެ ތެރޭގައި ވިޒިޓާސް ޗޮއިސްގެ "ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ރާއްޖެއިން 15 ގޯލްޑް އެވޯޑާއި 14 ސިލްވާ އެވޯޑް ހާސިލުކުރި އެވެ.

މިދިޔަ އަހަރުގެ ސަޓާ އެވޯޑް 144 ދާއިރާއަކުން ދިނެވެ. އޭގެ ތެރޭގައި ހިމެނެނީ 51 ގޯލްޑް އެވޯޑާއި 93 ސިލްވަ އެވޯޑެވެ. މި އެވޯޑްތަކަށް 400 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބުނެވެ.

ސަޓާގައި ރާއްޖެއާ އެކި ވާދަކުރާ ގައުމުތަކުގެ ތެރޭގައި ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އިންޑިއާ ހިމެނެ އެވެ.

ސަޓާ އެވޯޑް ބާއްވަމުން އަންނަނީ 2016 އިން ފެށިގެންނެވެ.