މޯލްޑިވިއަނުން އެތެރޭގެ މަންޒިލުތަކަށް ދަތުރުކުރާ ޓިކެޓުގެ އަގުތައް ބޮޑުވެފައިވާ ކަމަށް ވެބްސައިޓުން ދައްކަނީ އަނެއްކާވެސް އެއަށް ދިމާވި "އެރާއަކުން" ކަމަށް ބުނެފި އެވެ.
އެ އެއާލައިނުން ބުނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓިކެޓްގެ އަގުބޮޑު ނުކުރާ ކަމަށެވެ.
އެތެރޭގެ ގިނަ މަންޒިލުތަކުގެ ޓިކެޓު އަގު 100-200ރ. ދެމެދުގެ އަދަކަށް ބޮޑުވެފައިވާ ކަމަށް ދައްކަ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ގައުމީ އެއާލައިން މޯލްޑިވިއަނު ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ. އެ އެއާލައިނުން ރާއްޖެ އިން ބޭރަށް ވެސް ދަތުރުތައް ކުރެ އެވެ.