އެތެރޭގެ މަންޒިލްތަކުގެ ޓިކެޓް އަގުބޮޑު ނުކުރާ ކަމަށާއި އަގުބޮޑު ކުރި ކަމަށް ދެއްކީ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އެހެންވެ ޓިކެޓް އަގުބޮޑުވި ކަމަށް ދެއްކި މައްސަލައާ ގުޅިގެން މައާފަށް އެދޭ ކަމަށް ވެސް މޯލްޑިއަނުން ބުންޏެވެ.
އެތެރޭގެ ގިނަ މަންޒިލުތަކުގެ ޓިކެޓު އަގު 100-200ރ. ދެމެދުގެ އަދަކަށް ބޮޑުވެފައިވާ ކަމަށް ދައްކަ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަނު ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ. އެ އެއާލައިނުން ރާއްޖެ އިން ބޭރަށް ވެސް ދަތުރުތައް ކުރެ އެވެ.