ޒަކާތަށް އާންމުން ހޭލުންތެރިކަން ކުރަން ޒަކާތު ހައުސްގެ ޓީމެއް މިއަދު ގދ. އަތޮޅަށް ފުރައިފި އެވެ.
މި ދަތުރުގެ ހަރަކާތްތައް އެންމެ ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިނަދޫގަ އެވެ.
މީގެ އިތުރުން ގދ. އަތޮޅުގެ އިުތުރު ފަސް ރަށަކަށް ވެސް ޒަކާތުގެ ހައުސް ޓީމް ދަތުރު ކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަރެސްމާތޮޑާ، ރަތަފަންދޫ، ވާދޫ، ފިޔޯރީ އަދި ނަޑެއްލާ އެވެ.
ޒަކާތުގެ ހައުސްގެ ޓީމު މި ދަތުރަކީ މިއަދުން ފެށިގެން މި މަހުގެ 5 އާ ހަމައަށް ކުރިއަށް ގެންދާ ދަތުރެކެވެ، ޓީމްގައި އެންމެ އިސްކޮށް ހުންނެވީ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޝައިހް އިއްޒައްދީން އަދުނާނެވެ.
ޒަކާތު ހައުސްގެ ހަރަކާތްތައް ގދ. އަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދާނީ ޒިޔާރަތްކުރަން ހަމަޖެހިފައިވާ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.