ކުށުގެ ރެކޯޑްތައް ގިނަ މީހަކު ވަގަށް އަނބު ބިނދެގެން ހައްޔަރުކޮށްފި އެވެ.
މިއާ އެކު މިއީ އޭނަ ހައްޔަރުކުރި 63 ވަނަ ފަހަރެވެ. ހައްޔަރުކޮށްފައި ވަނީ ލ. ގަމު، މުހައްމަދު ހަލީމް، 42، އެވެ.
މި ފަހަރު އޭނާ ހައްޔަރުކުރީ ޖުވެނައިލް ކޯޓުގެ ފާރުމައްޗަށް އަރައި ވަގަށް އަނބު ބިން މައްސަލައެއްގަ އެވެ.
ފުލުހުން ބުނީ ހަލީމު ހައްޔަރުކުރީ ކޯޓްގެ ސެކިއުރިޓީން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން އޭނަގެ ކުށުގެ ރެކޯޑުގައި ގިނައީ ވެސް ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއީ ހަލީމު ބަންދުކުރި 30 ވަނަ ފަހަރެވެ.
އޭނަގެ ބަންދަށް ކޯޓުން ޖެހީ 7 ދުވަހެވެ.
މީގެ ކުރިން ވެސް މާލޭގެ ބައެއް ތަންތަނުގެ ގަސްތަކުން ވަގަށް އަނބު ބިން މައްސަލަތަކެއްގައި މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ވަގަށް އަނބު ބިންނަ މީހަކު ވެސް ހިމެނެ އެވެ.