ޓޫރިޒަމް މިނިސްޓަރުކަމުން މިދިޔަ ހަފުތާގައި ވަކިކުރި އިބްރާހީމް ފައިސަލް އުފަން ރަށް. ލ. ފޮނަދު އަށް ދިރިއުޅުން ބަދަލު ކުރައްވަން ނިންމަވައިފި އެވެ.
މީޑިއާއަކަށް އޭނަ މިއަދު ވިދާޅުވީ މާލޭގައި ދިިރިއުޅުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެހެންވެ މިހާރު ފަސް މަހުގެ ދަރިޔަކު ވެސް އޮތް ފައިސަލް އަމިއްލަ ރަށަށް ބަދަލުވާން ނިންމެވީ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ފައިސަލްގެ ބައްޕަ އަބްދުއްރަހީމް އަބްދުﷲ އަކީ ފޮނަދޫ ދާއިރާގެ މެންބަރެވެ.
ފައިސަލް ވިދާޅުވ ރަށަށް ބަދަލުވެވަޑައިގެންނެވި ނިންމެވި ނަމަވެސް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވާނެ ކަމަށެވެ. އޭނަ ވިދާޅުވީ ކުރިން ސެނެޓް މެމްބަރެއްގެ ގޮތުގައި ހުންނެވި ޕާޓީ، ޕީޕީއެމް މިހާރު އުވާލާފައިވާތީ މިހާރު ހުންނެވީ އެއްވެސް ޕާޓީއެެއްގައި ނޫން ކަމަށެވެ.
ފައިސަލް މިނިސްޓަރުކަމުން ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނަ ވިދާޅުވީ މަސައްކަތް ކުރެއްވީ ވަރަށް ތެދުވެރިމަމާއި އިހުލާސްތެރިކަމާ އެކީ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައްވައި މިނިސްޓަރަކަށް އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހީމް މަގާމަށް އައްޔަންކުރައްވައިފަ އެވެ.