ދަނޑިއަލުވި އަކީ ކޮންމެ ކަހަލަ ފަސްގަނޑެއްގައިވެސް މާ އުނދަގޫކަމެއް ނެތި ހައްދާލެވޭ ބާވަތެއްކަމުން މިއީ ރާއްޖޭގައި ވެސް ފަސޭހައިން ހައްދައިގެން ނަތީޖާ ނެރެވޭ ބާވަތެކެވެ. އަދި މިއީ ރާއްޖޭގެ ގިނަބައެއްގެ މެދުގައި މަޤްބޫލް ބާވަތެކެވެ.
އެހެންކަމުން ހިމަނާލަނީ ދަނޑިއަލުވި ސޫޕް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
* 50 ގްރާނމް ހުންނަހާ ދަނޑިއަލުވި (ގާނާފައި)
* 20 ގްރާމް ފިޔާ (ތުނިކޮށް ކޮށާފައި)
* 300 ގްރާން އެމްއެލް ފެން
* 5 ގްރާމް ހިކަނދިފަތް
* 2 ގްރާމް ލޮނުމެދު (ގާނާފައި)
* 20 ގްރާމް ފަރުމަސް (ހިމުންކޮށް ކޮށާފައި)
* 2 ބިލިމަގު 30 (ހަނިދިގަށް ކޮށާފައި)
* 1 ގްރާމް މުގުރި އަސޭމިރުސް
* 1 ގްރާމް ގިތިޔޮ މިރުސް (ކުދިކޮށް ކޮށާފައި)
* 30 ގްރާމް ފެހި ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
* 2/1 ގްރާމް ލޮނު
ތައްޔާރު ކުރާނެ ގޮތް:
ތެއްޔަށް ފެން އަޅާފައި ކެކެން ފެށުމުން ދަނޑިއަލުވިކޮޅު އަޅާލާށެވެ. ދަނޑި އަލުވިކޮޅު މަޑުވާއިރު ފޮނު އަރާނަމަ ފޮނު ނަގާށެވެ. ދެން މަޑުވާން ފެށުމުން ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި ރަހަ ނިކުންނަ ވަރަށް ކެކުނީމާ އުނދުންމަތިން ބާލާށެވެ.
މިހާރު މިހު ރީ ދަނޑިއަލުވި ސޫޕް ތައްޔާރުވެފައެވެ. ދެން ހޫނުކަން ހުއްޓާ ސާވް ކުރާށެވެ.
ނިއުޓްރިޝަންގެ އެކި މާއްދާތައް އަދި ލިބޭ ފައިދާތައް:
* އެނާޖީ: 123 ކެލަރީ
* ޕްރޮޓީން: 7.18 ގްރާމް
* ފެޓް: 0.24 ގްރާމް
* ކާބޯހައިޑްރޭޓްސް: 22.23 ގްރާމް
* ފައިބާ: 1.1 ގްރާމް
* އަޔަން: 0.74 މިލިގްރާމް
* ޕޮޓޭސިއަމް: 301.1 މިލިގްރާމް
* ވިޓަމިން ސީ: 19.6 މިލިގްރާމް
* ޕޮލޭޓް: 14.05 މައިކްރޯ ގްރާމް
މައުލޫމާތު: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ