Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

މިދިޔަ މަހު ރެކޯޑް އަދަދަކަށް މަސް ކިރުވައިފި

މިފްކޯ އަށް މިދިޔަ މަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް މަސް ކިރުވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 8،324 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ އިރު، މިއީ 1997 ގެ ފަހުން މިހާތަނަށް ޖެނުއަރީ މަހެއްގެ ތެރޭގައި އެންމެ ގިނައިން މަސްކިރުވި ފަހަރު ކަމަށެވެ.

މަސްވެރިން މިދިޔަ މަހުގެ ތެރޭގައި ކިރުވި މަހަށް 117 މިލިޔަން ރުފިޔާ ދޫކޮށްފައިވާ އިރު، މިއީ ޑިސެންބަރު މަހާއި އަޅާބަލާ އިރު 122 ޕަސެންޓްގެ އިތުރުވުމެކެވެ. ޑި

ސެމްބަރު މަހުމަސްވެރިންނަށް ދޫކޮށްފައި ވަނީ 52 މިލިޔަން ރުފިޔާ އެވެ.

މިދިޔަ މަހު ރެކޯޑް އަދަދަކަށް މަސްކިރުވި މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވެ އެވެ.