ރާއްޖޭގެ ރިސޯޓެއްގެ ބިދޭސީ އިސް މުވައްޒަފަލަށް ހަމަލާދީ، ޒަހަމްކޮށްލައިފި އެވެ.
އިއްޔެގެ ވަގުތެއްގައި ހަމަލާ ދީފައި ވަނީ ސިކްސް ސެންސަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާޓިން ވެން ވެލް އަށެވެ.
ފުލުހުން ބުނީ ރިސޯޓްގައި މާޓިން ބައިސްކަލެއްގައި ދަނިކޮށް ހަމަލާ ދިނީ ފަހަތުން އައި މީހަކު ކަމަށެވެ. ނަމަވެސް ހަމަލާ ދިން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އަދި އެއްވެސް މީހަކު ހައްޔަރު ނުކުރި ނަމަވެސް މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މާޓިން އަށް ލިބުނު އަނިޔާ އަށް ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.