Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލަށް ދިވެހި ޑޮކްޓަރުން ހޯދަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ދިވެހި 13 ޑޮކްޓަރުން ބޭނުންވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ސީނިއާ ކޮންސަލްޓަންޓް، ކޮންސަލްޓަންޓް، ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ، ސްޕެޝަލިސްޓް ރެޖިސްޓްރާ، ސްޕެޝަލިސްޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިން، އެނެސްތެތީސިއޮލިޖީ، ޕީޑިއެޓްރިކްސް، ސާރޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ އަދި އޯރތޮޕީޑިކްސް ސްޕެޝަލިސްޓުންނެވެ.

މި މަގާމުތަކުގެ އަސާސީ މުސާރަ އުޅެނީ 26،231-29،275ރ. އާ ދެމެދުގަ އެވެ.

އެހެންވެ މި މަގާމުތަކަށް ޝައުގުވެރިވާ ދިވެހި ޑޮކްޓަރުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 9 ވަނަ ދުވަހާ ހަމައަށެވެ ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި އެސެސްމަންޓް ކުރިއަށް ދާނީ މި މަހުގެ 16-20 ދޭތެރޭގައި ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 6861860 އިން ހޯދޭނެ އެވެ.