Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ހަތަރުވަނަ ކުއާޓަރުގައި އާސަންދައިގެ ހަރަދު 817 މިލިއަނަށް

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް 817 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާސަންދައިން ބުނީ މިއީ އޭގެކުރީ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު 4.3 ޕަސެންޓްގެ ދަށްވުމެއް ކަމަށެވެ.

ފާއިތުވި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށްވެފަ އެވެ. އެގޮތުން، 2023 ވަނަ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދު 279،851 ގައި ހުރިއިރު، ފާއިތުވީ އަހަރު މި ޢަދަދުވަނީ 278،330 އަށް ދަށްވެފަ އެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އާސަންދަ ސްކީމްގެ ދަށުން 1،393 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވެ އެވެ. އަދި ޖުމުލަ 2،327 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފަ އެވެ.