Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

ބްރިޖް އެކްސިޑެންޓް މަރު؛ ސައިކަލެއް ޓޯކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ސިނަމާ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެނޓެއްގައި ބިދޭސީއަކު މަރުވި މައްސަލާގައި އިތުރު ސައިކަލެއް ޓޯކޮށް ދުއްވި މީހާގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ހޮނިހިރު ދުވަހު ބުނެފައި ވަނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ، ހައިވޭގެ ވާތް ފަރާތުގައި ޖަހާފައި ހުރި ސޯލާޕެނަލްތަކުގެ ކައިރީގައި ބަހައްޓާފައި ހުރި ކޯންތަކެއްގައި ސައިކަލެއް ޖެހިގެންނެވެ. އަދި ސައިކަލު ދުއްވަން އެވަގުތު އިނީ ބަންގަލަދޭޝްގެ ފިރިހެނެއް ކަމަށާއި އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް. ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އެކްޑެންޓާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވެފައިވާ އިރު، އެކްސިޑެންޓްވި މީހާ ވެއްޓިފައި އޮތްވައި ފަހަތުން ބާރު ސްޕީޑްގައި ދިޔަ ސައިކަލެއް އެ މީހާގެ ގައިމަތިންދާ މަންޒަރު ފެނެ އެވެ.

އެހެންވެ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ބުނީ އެ ސައިކަލް ޓޯކޮށް، މައްސަލައާ ގުޅިގެން 60 އަހަރުގެ އަންހެނަކާއި ސުވާލު ވެސް ކޮށްފައިވާ ކަމަށެވެ.އަދި އޭނަގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.