ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ފާސްކުރުމުގެ ތެރޭގައި ފެނިގެން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި އެވެ.
ފަޒުލް ދިރިއުޅުއްވާ މ. ޒޭވަރު ގެއިން އެ ފައިސާ ފުލުހުން ގެންދިޔައީ މިދިޔަ ޑިސެމްބަރު 22 ގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އެ ފައިސާ ފަޒުލް ދިރިއުޅޭ ގެއިން ފެނުމާ ގުޅިގެން ރިލެކްސް ފެރީ ސާވިސް ކިޔާ ކުންފުންޏަކުން ވަނީ އޭނަ އަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާ ދިން ކަމަށް ބުނެފަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ފައިސާ އަކީ ފަޒުލްގެ ކުންފުންޏަކުން 2022 ގައި ލޯންޗް ބަނދެ ދީފައިވާތީ އެކަމަށް ދިން ފައިސާ އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ "ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު" އެ ފައިސާ މިހާރު އަނބުރާ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ބިސްވެރިޔާ" ސްކީމްގެ ދަށުން ގޯތީގެ ވަގު މުއާމަލާތްކުގެ ތުހުމަތު ކުރެވި ފަޒުލް ސަސްޕެންޑްކޮށްފައި ވަނިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ ޑިސެންބަރު މަހުގެ 21 ގަ އެވެ.