Last Updated: March 13, 21:58
Thursday, March 13, 2025
ޚަބަރު

ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ހުސައިން ޝަރީފް ސަސްޕެންޑްކޮށްފި އެވެ.

ޝަރީފް އިއްޔެ ސަސްޕެންޑްކުރީ އޭނައާ ގުޅޭ ގޮތުން މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތަށް ބެލުމަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުންޏެވެ.

ޝަރީފް ސަސްޕެންޑް ކުރުމާ ގުޅިގެން ޕީއެސްގެ ޒިއްމާތައް މިހާރު ހަވާލުކޮށްފައި ވަނީ ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް އަލީ ޒަކީއާ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޕީއެސްގެ ޝަރީފް އައްޔަންކުރީ 2018 ގަ އެވެ.