Last Updated: November 25, 20:21
Monday, November 25, 2024
ޚަބަރު

ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރު މަގާމުން ވަކިކޮށްފި

ރައީސް އޮފީހުގެ މީޑިއާ ކޯޑިނޭޓަރުގެ މަގާމުން ސ. ފޭދޫ، ކަޝްމީރުވާދީ، ޝާރިފް މުހައްމަދު ވަކިކޮށްފި އެވެ.

ޝާރިފް ވަކިކުރިކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ އޭނާ މަޤާމުން ވަކިކޮށްފައިވާކަން 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

ޝާރިފް މަޤާމުން ވަކިކުރީ ކީއްވެގެން ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއުގައި “ނައިބު ރައީސް” އާއި ދިމާކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށް އޭނާ ބުނެފައިވާ އޯޑިއޯއެއް ވަރަށް ފަހުން ވަނީ ލީކުވެފައެވެ.

ކޯޑިނޭޓަރުކަމުން ޝާރިފް ވަކިކޮށްފައިވާއިރު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.