Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ޑްރަގް ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު / އުޑުވިލާގެ، ޢަލީ ހަސަން (34އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހެންވޭރު، ރޯޝަނީ ގޯޅިން މިއަދު ފުލުހުން ޕެޓްރޯލުކުރަމުންދިޔަ އިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށް ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއި ދެ މޯބައިލް ފޯނުގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.