ކަރަ އަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެ ހައްދަމުން އަންނަ ރާއްޖޭގެ އާދަކާދަޔާ ގުޅިފައިވާ މޭވާއެކެވެ. އެގޮތުން، ރަމަޟާން މަހަށް ޙާއްސަކޮށް ރާއްޖޭގެ ދަނޑުވެރިން ކަރާ ހެއްދުމަކީ އެމީހުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެކެވެ. ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅި އަހަރުތެރޭގައި ކަރާހެއްދުމަކީ ދިވެހިން ކުރަމުން އަންނަ މަސައްކަތެކެވެ.
މިކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ރާއްޖޭގައި ހައްދާ ކަރަލުގެ ފެންވަރާއި އަދަދު ދަނީ އިތުރުވަމުންނެވެ. ނަމަވެސް އަދިވެސް ރާއްޖެއަށް ގިނަ އަދަދަކަށް ކަރާ އެތެރެ ކުރަން ޖެހެ އެވެ.
މުޑުވައް ހިޔާރުކުރުން:
ރަނގަޅު މުޑުވަކެއް ޚިޔާރުކުރުމަކީ ކަރާ ހެއްދުމަށްއެޅޭ ވަރަށް މުހިއްމު ބިންގަލެކެވެ. މުޑުވަތް ޚިޔާރުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކަކީ:
– ބަލިޖެހުން ދުރު މުޑުވަކަކަށްވުން
– ރާއްޖޭގެ މާހައުލުގައި ފަސޭހައިން ހެއްދޭ މުޑުވަކަކަށްވުން
– މާކެޓް ލިބޭ ސިފަތަކެއް ހުރުން
– ވިއްކަން ބޭނުންވާ މާކެޓަށް އެކަށީގެންވާ ސައިޒުގެ މުޑުވަކަކަށްވުން
– ކުލަޔާއި ރަހަ ރަނގަޅު މުޑުވަކަކަށްވުން
ބިން ތައްޔާރު ކުރުން:
– ދަނޑު ރަނގަޅަށް ސާފުކުރުން
– 2 ފޫޓު 2 ފޫޓު- 1 ފޫޓު ވަޅުގަނޑު ތައްޔާރުކުރުން
– ދެ ވަޅު ދޭތެރޭގައި 8-10 ފޫޓު އަދި ދެ ބަރި ދޭތެރޭގައި 8 ފޫޓު ބެހެއްޓުން
– ކަޅުފަސް އަދި ކާދު އެއްކޮށް ވަޅުގަނޑަށް އެޅުން
– ވަޅުގެ ވަށައިގެން ދެތިން އިންޗި ބޭރަށް ދޫކުރުމަށް ފަހު 10-12 އޮށް އިންދުން
ކާނާ އެޅުން:
– ވަޅު ތައްޔާރުކުރާއިރު 3-5 ކިލޯ ކާދު އެޅުން
– ގަސްފަޅާތާ 3 ދުވަސްވުމުން އެމޯނިއަމްސަލްފޭޓް އަދި ފުރިހަމަ ކާނާ ދިނުން
– 10 ދުވަސްވުމުން ބިމަށް އަޅާ މިކްސް ކާނާ ދިނުން
ފެން ދިނުން:
– ކޮންމެ ދުވަހަކު 1 ފަހަރު ވެޔޮގަނޑުގެ ބުޑަށްވާގޮތަށް ފެންދިނުން
– ދެއިރު ފެންދޭނަމަ ހެނދުނު ރަނގަޅަށް އަދި ހަވީރު ކުޑަކޮށް ފެންދިނުން
– ކަރާ ކަނޑަން ކައިރިވުމުން ފެން ދިނުން މަދުކުރުން
ކަރާ ކެނޑުން:
– ގިނަ ވައްތަރުތައް 50-60 ދުވަހުން ކަނޑަން ފެށޭނެ
ގެއްލުންދޭ ފަނިފަކުސާ އަދި ބަލިތައް ކޮންޓްރޯލް ކުރުން:
– އޭފިޑްސް، ތުރިޕްސް، ބަރަބޯ ދޫނި ފަދަ ސޫފިތަކުން ރައްކާތެރިވުން
– އެންތުރެކްނޯސް، ކަރާ ފީވުން ފަދަ ން ފަދަ ބަލިތަކުން ސަމާލުވުން
– އެކަށީގެންވާ ބަޔޯ އަދި ކެމިކަލް ޕެސްޓިސައިޑްތައް ބޭނުންކުރުން
ކަރާ ހެއްދުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ މަސައްކަތެކެވެ. ރަނގަޅު ގޮތުގައި ކަރާ ހައްދައިފި ނަމަ، ރާއްޖޭގެ ކަރާގެ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުން އެތެރެކުރާ ކަރާގެ އަދަދު މަދު ކުރެވިދާނެ އެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބި، ޤައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދާނެ އެވެ.
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ