Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

ގެއެއްގައި ރޯވެ ގެއްލުންތަކެއް

މާލޭގެ ގެއެެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއްލުންތަކެއްވެއްޖެ އެވެ.

ރޭ ހ.ކުއްޅަވައްދޮށުގޭ ތިން ވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލާފައިވެ އެވެ. އެ ހާދިސާގެ މަޢުލޫމާތު ރޭ 22:10 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.

ގޮތުން ފަޔަ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 11:25 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ އިރު، އެ ފަންގިފިލާގައި ހުރި ބައެއް ސާމާނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އެންޑީއެމްއޭ) އިން ބުނީ ރޯވި އެޕާޓްމަންޓްގވައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.