Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ "ކާޑުން ކަނޑާލާ" ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އެ ބޭންކުން އަންނަ އެޕްރިލް 2، ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނަށް ޝަރުތު ހަމަވާނީ އެމްއައިބީގެ ވިސާ އެވްރީޑޭ، ވިސާ ޕްލެޓިނަމް އަދި ފައިސާވެއާ އަނގޮޓި ބޭނުންކޮށްގެން ރާއްޖޭގައި ކުރާ ވިޔަފާރިތަކެވެ. ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދުބާއީ ދެކޮޅު ޓިކެޓުގެ އިތުރުން އަށް ދުވަހުގެ ހުރުން ލިބެ އެވެ.

ދެވަނަ އިނާމަކީ އައިފޯން 16 ޕްރޯމެކްސްއެއް އަދި ތިންވަނަ އިނާމަކީ ރިސޯޓް ދަތުރެކެވެ.

އެމްއައިބީން ބުނީ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ހަފުތާއަކު 100ރ. އަށްވުރެ މަދު ނޫން އަދަދެއްގެ ހަތް ޓްރާންސެކްޝަން ހަދައިގެން ނަސީބުވެރިއަކަށް ހޮވޭ ފަސް މީހަކަށް، ދެ މީހެއްގެ ރޯދަ ވީއްލުން ވެސް ލިބޭނެ ކަމަށެވެ.