މި އަހަރަށް ރައްޔިތުންގެ މަޖިލީހު ހުޅުވާ ޖަލްސާ މިއަދު ފެށުމާ ދިމާކޮށް އެމްޑީޕީން މަޖިލީހުގ އިދާރާގެ ކަރީގައި އެމްޑީޕީން އުފުލަމުން އެބަދެ އެވެ.
އެގޮތުން ބައިވެރިން ވަނީ މަޖިލިސް އުވާލުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަން ވެސް ގޮވާލައިފަ އެވެ. މަޖިލިސް ދޮށަށް އެއްވި މީހުން ތިބީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ވެސް ހިފައިގެންނެވެ.
މަޖިލިސް ހުޅިވާ ޖަލްސާއާ ދިމާކޮށް މަޖިލިސް ދޮށަށް އެއްވާން އިއުލާންކުރީ އިއްޔެ އެވެ. މަޖިލީހުގެ އިދާރާ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްރތެރިވަމުންނެވެ.
ރައީސް މުއިއްޒުު މިހާރު ގެންދަވަނީ ރިޔާސީ ބަޔާން އިއްވަމުންނެވެ.