Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

މަޖިލިސް ހުޅުވުން: ރިޔާސީ ބަޔާން އިއްވުން ހުއްޓުމަކަށް

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާ މިއަދު ފަށައި، ރައީސް ޑރ. މުހައްމަދު ރިޔާސީ ބަޔާން އިއްވަން ފެށުމާ އެކު އިދިކޮޅު އެމްޑީޕީގެ މެމްބަރިން އަޑުގަދަ ކުރަން ފެށުމުން އެ ޕާޓީގެ މެންބަރުންތަކެއްގެ ނަން އިއްވައި މަޖިލީސް ދޫކުރައްވަން ވަޑައިގަތުމަަށް އަންގަވައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބުްދުﷲ ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދަވާނީ ނަން އިއްވި މެންބަރުން މަޖިލީސް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ. އަބްދުއްތަހީމް މެންބަރުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރެއްވުމަށް ވެސް ތަކުރާރުކޮށް އެދިވަޑައިގެންފަ އެެވެ.

ނަން އިއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލާ އެކު ޕާޓީގެ ގިނަ މެންބަރުންތަކެއް ހިމެނެ އެވެ. ޖުމްލަ 89 މެމްބަރުން ތިއްބަވާ މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 12 މެންބަރުންނެވެ.

އެ މެންބަރުން ވަނީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އަކު އަޑު ގަދަކުރައްވައިފަ އެވެ. އަދި މެންބަރުން ރައީސްގެ އިސްތިއުފާއަށާއި އެ ނޫން ވެސް އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ގެންގުޅުއްވާފައިވެ އެވެެ.