Last Updated: April 21, 10:07
Monday, April 21, 2025
ޚަބަރު

ވިހާފައި ދަރިފުޅާއި މަންމަ މަރުވެއްޖެ

ގއ. ވިލިނގިލީގައި އިއްޔެ ވިހޭ އަންހެނަކު ދަރިފުޅާ އެކު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

މަރުވީ އެ ރަށު ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ.

ދެމައިން މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނި ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއްް ނުދެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިއުނާހެ ދަރިފުޅު ނެގީ ސިޒޭރިއަން ހެދުމަށް ފަހު އިއްޔެ ހެނދުނެވެ. އަދި އޮޕަރޭޝަނަށް ފަހު އޭނަ އޮތީ ހޭނާރަ އެވެ. އަދި ރެއާ ހަމައަށް ދެމައިން ވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.

މީޑިއާތަކުން ބުނީ ދެމައިންގެ ހާލު ސީރިއަސްވެ ވީ ހާވެސް އަވަހަަކަށް މާލެ ގެންދަން ޖެހުނަސް އެކަން ވަރަށް ބޮދަށް ލަސްވެ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން، ރޭ 11 ޖަހާކަންހާއިރު ޝިއުނާ ކޫއްޑު އަށް ގެންދިޔަ އެވެ. އެކަމަކު މާލެ ފުރުވާނުލެވި އުޅެނިކޮށް، އިރުކޮޅެއް ފަހުން އެ ރަށުގައި އޭނާ މަރުވީ އެވެ.

ޝިއުނާގެ ދަރިފުޅު ރޭ މާލެ ގެނަ އެވެ. ނަމަވެސް ފުރާނަ ސަލާމަތްނުކުރެވި މަރުވީ ފަތިހު އެވެ.

ދެމައިން މަރުވުމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ބުނެ ވިލިގިނލީގެ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.