އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗް މަހު ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އެ ޖަލްސާ އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ ޑައިގެންނެވޭނީ އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ ނީ، މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ.
މީގެ އިތުރުން އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި އަހަރީ އާންމު ޖަލަސާގައި ބައިވެރިވުމަށް ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އަހަރީ އާންމު ޖަލްސާގެ ނޯޓިޖާއި މި މަހުގެ 22 ގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ، އެގޮތުން ޖަލްސާ ތަނާއި ގަޑި، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެސް އާންމު ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.