Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ބޮޑުގެ ވަގުތީ މިސްކިތުގެ ބަދަލުގައި އާ މިސްކިތެއް

މާފަންނު "ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ ތިން ބުރީގެ މިސްކިތެއް އެޅުމަށް ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މިސްކިތް އަޅާނީ ޤުރުއާނުގެ އިލްމު އުނގަންނައި ދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީވެސް ހިމެނޭ ގޮތަށް ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ރޯދަ މަހުގެ ފަހުން އެތަނުގައި މިހާރު ހުރި ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބޮޑުގެ މިސްކިތުގެ މަޝްރޫޢު ކުރިއަށް މި ގެންދަނީ ރައީސްގެ އިރުޝާދުގެ ދަށުން އެމަނިކުފާނުގެ ތަޞައްވުރާ އެއްގޮތަށް." ޝަހީމު ވިދާޅުވި އެވެ.

މިއީ މިނިސްޓްރީ އާއި ހެޔޮ އެދޭ ފަރާތްތަކެއް ގުޅިގެން ބިނާކުރަން ހަމަޖެހިފައިވާ މިސްކިތެކެވެ،