Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން

އަމާޒަކީ މި އަހަރު ރާއްޖެ އަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ އިއްޔެގެ ރިޔާސީ ބަޔާނުގަ އެވެ.

މި އަހަރު ފެށުނު އިރު ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައި އޮތީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް ރައީސް އިއްޔެ ވިދާޅުވީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

ރައީސް އެގޮތަށް ވިދާޅުވި އިރު މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މަގާމުން ވަކިކޮށް، ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ މިހާރު އޮތީ އެއްކޮށްލައިފަ އެވެ. އެގޮތުން މިހާރު އެ ދެ ދާއިރާގެ މިނިސްތަރަކީ ތޯރިގް އިބްރާހީމެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު، އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 2 މިލިއަން ޓޫރިސްޓުން އަ އެވެ. އަދި އޭގެ ކުރީ އަހަރު 1.8 މިލިއަން ޓޫރިސްޓުން އަ އެވެ.