Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މަރަދޫ މެންބަރު ޤުރުއާން މުބާރާތެއް ބާއްވަނީ

އައްޑޫ މަރަދޫގެ މަޖިލިސް މެންބަރު އަހުމަދުދީދީ އިންތިޒާމު ކުރައްވާ ޤުރުއާން މުބާރާތެއް އެ އަވަށުގައި ބާއްވަން ނިންމައިފި އެވެ.

އޭނަ ވިދާޅުވީ ރޯދަ މަހު ބާއްވަން ހަމަޖެހިފައިވާ މި "ދީދީ ޤުރުއާން ކޮމްޕެޓިޝަން 2025" އަކީ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނާއި އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އަހުމަދު ވިދާޅުވީ މުބާރާތަކީ އާންމުކޮށް ހުޅުވާލައިިގެން ބާއްވާނެ މުބާރާތެއް ކަމަށާއި މުބާރާތާ ބެހޭ މައުލޫމާތު އެ މުބާރާތަށް ހާއްސަކޮށްފައިވާ ސޯޝަލް މީޑިއާ ޕޭޖް މެދުވެރިކޮށް ކުރިަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މުބާރާތުގެ އިންތިޒާމުތަކާ ގުޅޭ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. އެހެންވެ ވަރަށް އަވަހަށް މުބާރާތުގައި ބައިވެރިވާން ހުޅުވައިލާނެ އެވެ.

އަހުމަދު ވިދާޅުވީ ގޮތުގައި މަރަދޫގައި ރޯދަ މަހު ޤުރުއާން މުބާރާތެއް ބާއްވަން ނިންމީ، މިއީ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވެސް ވެވަޑައިގެންފައި އޮތް ވައުދަކަށްވާތީ ކަމަށެވެ.

މަރަދޫގައި ރޯދަ މަހު ޤުރުއާން މުބާރާތެއް ބާއްވާ އިރު، މަރަދޫ އަވަށު އޮފީހުން ރޯދަ މަހު ބާއްވާ މަދަހަ މުބާރާތަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.