Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އިންޑިއަން އޯޝަން ޑައިވާސް އިފުތިތާހުކޮށްފި

އިންޑިއަން އޯޝަން ޑައިވާސް އެސޯސިއޭޝަން (އައިއޯޑީއޭ) އިފުތިތާޙްކޮށްފި އެވެ.

އެ އިފުތިތާހުކުރީ މިހާރު ކުރިއަށްދާ 10 ވަނަ މެރިން އެކްސްޕޯގައި ރޭގަ އެވެ. ޖަމިއްޔާ އިފުތިތާހުކޮށް ދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

އައިއޯޑީ އަކީ މި ސަރަހައްދުގެ ނުފޫޒު ގަދަ ވަރަށް ގިނަ ޑައިވަރުން މެންބަރުންގެ ގޮތުގައި ހިމެނޭ ޖަމިއްޔާއެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ޑައިވަރެއް ކަމަށްވާ ސެންޑީ ޙުސައިން ރަޝީދާއި އިންޑިއާގެ މަޝްހޫރު ޑައިވަރެއްގެ އިތުރުން އެ ގައުމުގެ އިޝްތިހާރު އުފައްދާ ޑައިރެކްޓަރު ހިމެނެއެވެ ޑައިވަރުން ޕްރަލަހާދު ކައްކަރް ލާދު ކަކަރްގެ އިތުރުން އިންޑިއާގެ އަނީސް އަޑެންވާލާ ހިމެނެ އެވެ.

ޖަމިއްޔާ އިފުތިތާހުކޮށް ދެއްވައި މޭޔަރު ވަނީ އެކަމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. އަދި މީގެ ސަބަބުން ޑައިވްކުރަން ޝައުގުވެރިވާ މީހުންނަށް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ދުނިޔޭގެ ކަނޑު އަޑީގެ އެންމެ ހިތްގައިމު ތަންތަނާއެކު ރާއްޖެއަކީ ޑައިވަރުންނާއި ކަނޑުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ސުވަރުގެ،" އާޒިމް ވިދާޅުވި އެވެ. "އައިއޯޑީއޭ ތަޢާރަފްކުރުމުން އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ކަނޑުގެ ސަރަޙައްދުގެ ހިތްގައިމު ރީތިކަން ދެނެގަތުމުގެ އިތުރު ފުރުޞަތުތަކެއް ލިބިގެން ދާނެ."

ރާއްޖެ އަކީ މިހާރު ޓޫރިސްޓުންގެ މެދުގައި ޑައިވިން އަށް ވަރަށް މަގުބޫލު ގައުމެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާތަކުގައި ގިނަ އަދަދެއްގެ ޑައިވިން ސްކޫލްތައް ހިންގަ އެވެ.