މާލޭގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއްވެއްޖެ އެވެ.
އެގޮތުން ޝީ ބިލްޑިންގްގެ ކުރިމަތިން ހުރި ފަޅު އިމާރާތެއް ކަމަށްވާ މ. ހައުސްޕްލާޒާގައި ރޯވެފައިވެ އެވެ. އެ އިމާރާތުގައި .އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް އެންއެންޑީއެފުން ބުންޏެވެ.
ސިފައިން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.
ނަމަވެސް އިމާރާތުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.