Last Updated: April 21, 15:53
Monday, April 21, 2025
ޚަބަރު

ކޯރާޑީއަކުން ހަލަދާ ދިން ބަޔަކު އަތުލައިގެންފި

ހުޅުމާލޭގައި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތްކުރި ދެ މީހަކު އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 11:35 ހާއިރު އެވެ. އެ ހާދިސާ ހިނގާފައި ވަނީ ރެހެންދި ޓާފް ދަނޑު ކައިރީގަ އެވެ. އެގޮތުން ކޯރާނޑީއަކުން ހަމަލާ ދިނީ އެ ސަރަހައްދުގައި މަޑުކޮށްގެން ހުރި މީހަކަށެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ގދ ފިޔޯރީ ހީނާމާގޭ، ރުސްތުމް އިބްރާހިމް، 25، އާއި ބ. ހިތާދޫ ސްޓާ، އަބްދުالله ޒާހިދު ޒުބައިރު، 18، އެވެ.

ފުލުހުން ބުނީ އެ މީހުން އަތުލައިގަތީ ހަމަލާ ދިނުމަށް ފިލަން މާލެ އަށް ދަނިކޮށް ބްރިޖް ހައިވޭ މަތިން ކަމަށެވެ. އަދި އެ މީހުން ހުއްޓުވި ތަނުން މާރާމާރީ ހިންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރާއި ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.