Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ފިޝަރީޒަށް ފައިނޭންސް މެނޭޖަރަކު ހޯދަނީ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް.

ކޮންޓްރެކްޓް އުސޫލުން އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް މެނޭޖަރަކު ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އެ މަގާމަށް ޝައުގުވެރިވާ ދިވެހިންނަށް އެކްސްޕެރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ފައިނޭންސް މެނޭޖަރަކު ހޯދަނީ މަސްދޯނި ފަހަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ "ސަސްޓެނައިބަލް އެނަޖީ ޕްރޮޖެކްޓް" އާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށެވެ. މީގެ ދަށުން 200 އުޅަނދަކަށް އެހީ ފޯރުކޮށް ދޭން ހަމަޖެހިފައިވެ އެވެ.

މިއީ ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ.