Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

ފަޅު ގޭގައި ރޯވީ ކުނިތަކެއްގައި ރޯވެގެން

މާލޭގައި ފަޅަށް ހުރި އިމާރާތެއްގައި މިއަދު ރޯވީ އެތަނުގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރޯވެފައި ވަނީ ފަޅަށް ހުންނަތާ ގިނަ ދުވަސްތަކެއްވީ މ. ހައުސްޕްލާޒާ ގޭގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބުނީ ހެނދުނު 06:35 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ރޯވި އިމާރާތުގައި އަލިފާން އެއްކޮށް ނިއްވައި ލެވުނީ ހެނދުނު 07:47 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.