Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

އަލިފާނުގެ ހާދިސާ: 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މާލޭގެ މާފަންނުގައި ފަޅަށް ހުރި ގެއެއްގައި މިއަދު ރޯވި ހާދިސާއާ ގުޅިގެން އެ ކައިރީގައި ހުރި ދެ ގެއަކުން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ބުނީ އެހީ ފޯރުކޮށް ދިން މީހުންގެ ތެރޭގައި 20 ބިދޭސީއަކު ވެސް ހިމެނޭ ކަމަށެވެ. ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދޭން ޖެހުނު ދެ ގޭބިސީ އަކީ އަލިފާނުގެ ހާދިސާގައި ފެންހޮޅިތަކަށް ގެއްލުންވި ގެތަކެކެވެ.

މިއަދު އަލިފާން ރޯވީ މ. ހައުސްޕްލާޒާގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ހެނދުނު 06:35 ހާއިރު ލިބުމާ އެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށް، 07:47 ހާއިރު އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ގޭގައި ރޯވީ ގޭގައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ.