Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

މާރާމާރީ ހިންގަން އުޅުނު ބަޔަކަށް ހައްޔަރަށް

މާލޭގައި މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ 8:17 ހާއިރު މާލޭގެ ވައިލެޓް މަގު ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތްކުރުމާ ގުޅިގެން ދެ މީހަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މި މާރާމާރީއާ ގުޅޭ އިތުރު ތަފުސީލެއް ނުދެ އެވެ. އަދި އެކަމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރެއް ވެސް ހާމައެއް ނުކުރެ އެވެ.

ހުޅުމާލޭގައި ރޭ ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައެެއްގައި ވެސް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ފިޔޯރީ ހީނާމާގޭ، ރުސްތުމް އިބްރާހިމް، 25، އާއި ބ. ހިތާދޫ ސްޓާ، އަބްދުالله ޒާހިދު ޒުބައިރު، 18، އެވެ.