Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

މަސްވެރިންނަށް 35.5 މިލިއަން ރުފިޔާ ދޫކޮށްފި

މިދިޔަ ހަފުތާގައި މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 35.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސްވެރިންނަށް ދޫކުރީ 16.9 މިލިއަން ރުފިޔާ އެވެ. މިދިޔަ ހަފުތާގައި 452 ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1.18 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މިފްކޯއަށް މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.