މި މަހުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 65،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިދިޔަ 8 ދުވަހުގެ ތެރޭގައި 65,052 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 59,118 ޓޫރިސްޓުންނާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 279,915 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ ކުރީ އަހަރު އައިސްފައިވާ 251,503 ޓޫރިސްޓުންނާ 11.2 ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ވަނީ 48,571 ޓޫރިސްޓުން އައިސްފަ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ.
މި އަހަރު ރާއްޖޭގެ ޓޫރިޒަމް ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ހަމަ ކުރުމެވެ.