Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

މަރަދޫ މެންބަރުގެ ޤުރުއާން މުބާރާތް ބައްޕަގެ ހަނދާނުގައި

މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދުދީދީ އިންތިޒާމުކޮށްގެން ރޯދަ މަހު ބާއްވަން ހަމަޖައްސާފައިވާ ޤުރުއާން މުބާރާތް އޭނަގެ ބައްފަގެ ހަނދާނުގައި ބާއްވަން ނިންމައިފި އެވެ.

އެހެންވެ ކުރިން "ދީދީ ޤުރުއާން ކޮމްޕެޓިޝަން" ގެ ނަމުގައި ބާއްވަން ނިންމި މުބާރާތުގެ ނަން މިހާރު ވަނީ "މޫސާ ނާސިރު މެމޯރިއަލް ޤުރުއާން ކޮމްޕެޓިޝަން" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި މުބާރާތާ ގުޅޭ އިންތިޒާމު ކޮމިޓީން މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން މިއަދު ބޭއްވި ބައްދަވުމުގައި ބުނީ މިހާރު މުބާރާތުގެ ގަވައިދު އިތުރަށް ފުރިހަމަ ކުރަން އެއަށް އިސްލާހުތަކެއް ގެންނަމުންދާ ކަމަށެވެ. އެހެންވެ މުޅި އައްޑު އަށް މުބާރާތް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ބުންޏެވެ.

އިންތިޒާމު ކޮމިޓީން ބުނީ "މޫސާ ނާސިރު މެމޯރިއަލް ޤުރުއާން ކޮމްޕެޓިޝަން" ވާނީ ވަރަށް ތަފާތު ގޮތަކަށް ކުރިއަށް ގެންދާނެ މުބާރާތަކަށް ކަމަށާއި މުބާރާތުގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ އައްޑޫގެ އަވަށްތަކުގެ މެދުގައި ވާދަވެރިކަން އޮންނަ ގޮތަށް މުބާރާތް ކުރިއަށް ގެންދިއުން ކަމަށެވެ.

އަދި މުބާރާތަކީ އައްޑޫގައި ބޭއްވޭ އެންމެ ފުރިހަމަ ޤުރުއާން މުބާރާތަށް ހަދަން މަސައްކަތްކުރާނެ ކަމަށް ވެސް އިންތިޒާމު ކޮމިޓީން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި އަހުމަދު ވަނީ އޭނަގެ ދާއިރާގެ ވީހާ ވެސް ގިނަ ބަޔަކު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދިވަޑައިގެންފައިވެ އެވެ.

މުބާރާތުގެ މަގުސަދަކީ ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާނަށް ލޯބުކުރާ މުޖުތަމައަކަށް ބާރުއެޅުމެވެ.