އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީ) ގެ ނައިބު ރައީސަކަށް މެންބަރު އަހުމަދު ނާޝިދު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުވުމ ގުޅިގެން އެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ނާޝިދަކީ މިދިޔަ މަހުގެ 26 ގައު އޭސީސީ އަށް އައްޔަންކުރި މެންބަރެކެވެ.
އޭސީސީގެ މެންބަރު ކަމަށް ނާޝިދު އައްޔަންކުރީ ނައިބު ރައީސަކަށް އަޙްމަދު ނާޝިދު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުއެވެ.
އޭސީސީގެ ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާ ގުޅިގެން އެ ކޮމިޝަންގެ ނައިބު ރައީސާއި ނައިބު ރައީސް އައްޔަން ކުރުނުގެ ބާރު ރައީސުލްޖުމްހުރިއްޔާ ވަނީ ދީފަ އެވެ.
އޭސީސީގެ މިހާރުގެ ރައީސަކީ އާދަމް ޝާމިލެވެ. އޭނަ އެ ކޮމިޝަނަށް އައްޔަންކުރީ 2022 ގަ އެވެ.