އެހެން އަހަރުތަކެކޭ ވެސް އެއްފަދައިގެން ޝީޝާ އިން ރޯދަ މަހާއި ގުޅިގެން ކުރިއަށްގެންދާ "ރޯދަ ރޯޅި" ޕްރޮމޯޝަން ފަށައިފި އެވެ.
ޝީޝާ އިން ބުނީ ރޯދަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ސައިކަލެއް ނަގައިގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ސައިކަލު އެއްފަހަރާ ފައިސާ ދައްކައިގެންނާއި އިންސްޓޯލްމެންޓަށް ނަގާ ފަރާތްތަކަށް ވެސް ކޮންމެ ހަފްތާއަކު ދޭ ފައިސާގެ އިނާމުގައި ބައިވެރިވެވޭނެ ކަމަށް ޝީޝާ އިން ކަމަށެވެ.
ޝީޝާ އިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަނުގައި ހުރިހާ ސައިކަލުން ވެސް ބޮޑެތި ޑިސްކައުންޓްތައް ލިބެން ހުންނާނެ އެވެ. އެގޮތުން 9،450ރ. އިން ފެށިގެން 51،700ރ. އާއި ދޭތެރޭ ޑިސްކައުންޓް އެކި މޮޑެލްތަކުން ލިބިގެންދާނެ އެވެ. ހުރިހާ މޮޑެލްއެއްގެ ސައިކަލުތައްވެސް ރޯދަ އާއި ދިމާކޮށް ސްޓޮކް ހުރިކަން އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ސްކޫޕީ ކްލަބް12، ސްކޫޕީ ޕްރެސްޓީޖް، ލީޑް 125، ވިޝަން 110، ރެބެލް 2025، އަދި ޕީސީއެކްސް 160ގެ އިތުރުން އެއާބްލޭޑްގެ ހުރިހާ މޮޑެލްތަކުން ކަސްޓަމަރުންގެ ތަރުހީބު ބޮޑު, ޒީރޯ އިންސްޓޯލްމަންޓް ޗާޖް ޕެކޭޖު ވެސް ލިބޭނެ ކަމަށް ޝީޝާ އިން ބުނެ އެވެ.
ޝީޝާއަކީ ރާއްޖޭގައި ހޮންޑާ ބްރޭންޑުގެ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓް އެތެރެކޮށް ވިއްކާ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.