Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ޒުވާނުން މިހާރު މަސްވެރިކަމަށް އެބަ ނުކުމޭ: ޝިޔާމު

ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވެން ފެށުމާއެކު ޒުވާނުން މަޑުމަޑުން އަނެއްްކާ މަސްވެރިކަމަށް ނުކުންނަން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެމްއެމް ޓީވީގައި އޭނަ ވިދާޅުވީ ދާއިރާ ދޫކޮށް ދިޔަ އެތަކެއް ފަރާތެއް އަލުން ދާއިރާއަށް ނުކުންނަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންގެ އަދަދު ގިނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އެބަ ފެނޭ މަސްވެރި އާއިލާތަކުގެ ތެރޭގައި އެނބުރޭ ފައިސާ، ނުވަތަ އިކޮނޮމީ ތެރޭގައި މަސްވެރިކަމުން ކޮންޓްރިބިއުޓްކުރާ ފައިސާ. މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭ ތަން ފެންނާތީ ﷲގެ އިރާދަފުޅުން އެއްކަލަ ދޯނިތައް އެބަ އަނެއްކާ ބެކް ޓު މަސް ކަނޑުތަކަށް ނުކުންނަން ފަށައިފި،" ޝިޔާމު ވިދާޅިވޮ އެވެ. "ޒުވާނުން މަޑުމަޑުން އަނެއްްކާ ވެސް ދޯނިތަކަށް އަރަން ފަށައިފި."

މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުން ލިބޭ އާމްދަނީ މަސްވެރި އާއިލާތަކުގެ ތެރޭގައި ދައުރުވަމުން އަންނަ އިރު، މަސްވެރި ސިނާއަތު އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށެވެ.