Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ގެދޮރު ގަތުމާއި އިމާރާތްކުރަން ލޯނަށް ހެޔޮ ބަދަލެއް

ގެދޮރު ގަތުމާއި، ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

މިގޮތުން ގެނެވުނު ބަދަލުތަކަކަށް ބަލާއިރު ހޯމް ޕަރޗޭސް ފައިނޭންސިންގް (ގެދޮރު ގަތުމަށް)

– މިހާރު ބިން، ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުން
– ތިން މިލިއަން ރުފިޔާއާ ހަމަޔަށް އަގުހުރި ޕްރޮޖެކްޓްތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %10 އަށް ދަށްކުރުން

ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް (ގެދޮރު މަރާމާތްކުރުން)

– ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރު ކުރުން.
– ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރު ކުރުން.
މަޝްރޫއުން ލިބޭ އާމްދަނީ މިހާރު ބަލައިގަތުން

ހޯމް ބިލްޑް ފައިނޭންސިންގް (ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް)

– ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރު ކުރުން.
– އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުން.
– ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށް ކުރުން.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިންގް ދޫކުރަނީ އެ ބޭންކް އިން ކަމަށެވެ.

މިއަދު ގެނެވުނު ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށް ވުރެ ގިނަ އަދަދެއްގެބަޔަކަށް ގެދޮވެރިންނަށް ވުމަށް ބޭނުންވާ ފައިނޭންސިންގް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.