Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

އިންޑިއާއާ އެކު ވަރަށް އަވަހަށް އެފްޓީއޭ ހަދަނީ

މި މަހުގެ ކުރީކޮޅު އިންޑިއާ ސަފީރާ އެކު ސައީދު.

އިންޑިއާއާ އެކު ވަރަށް އަވަހަށް ފްރީ ޓްރޭޓް އެގްރީމަންޓް އެފްޓީއޭ) އަކަށް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިކަމުގެ މަޝްވަރާތަކެއް މިދިޔަ އަހަރުގެ ތެރޭގައި ވެސް ސަރުކާރުން އިންޑިއާއެކު ކޮށްފައިވެ އެވެ.

އެމްއެމް ޓީވީގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ލީޑަރުން ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެފްޓިއޭގެ ކަންތައްތައް ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ އެކީ ކުރުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށާއި އެކަން ކުރާއިރު އޭގެ އެންމެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބޭ ގޮތަށް އެކަން ކުރައްވާނެ ކަމަށެވެ.

އެހެންވެ އިންޑިއާއާ އެކު ވަރަށް އަވަހަށް އެފްޓިއޭއަކަށް ދެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތަކެއް ދެ ގައުމުގެ މެދުގައި ހިނގަމުން އަންނަ ކަމަށެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ އެފްޓީއޭ ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލީ ޗައިނާއާ އެކީގަ އެވެ. އެއަށް މިދިޔަ މަހުގެ 1 އިން ފެށިގެން އަންނަނި އަމަލު ވެސް ކުރަމުންނެވެ.

ސަރުކާރުން ވަނީ ތުރުކީއާ އެކު ވެސް އެފްޓީއެއްގައި ސޮއި ކުރަން ނިންމައިފަ އެވެ.