Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ފޭކް ސްލިޕް ވިޔަފާރިއަކާ ގުޅިގެން މީހަކު ހޯދަނީ

ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަހުގީގަށް އަނެއްކާ ވެސް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ޅ. ނައިފަރު، ސާތީ، އަނޫފް ޢަބްދުލްޣަނީ، 27، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާން ކުރީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ ސައްޙަ ނޫން ބޭންކް ސްލިޕް މުއާމަލާތެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 18 ވަނަ ދުވަހު ހަވީރު 4:00 އަށް ނުވަަތަ ވީ އެންމެ އަވަހަކަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް އަނޫފް ހާޒިރުވާން ފުލުހުން އަންގާފައިވެ އެވެެ.

ސައްހަ ނޫން ބޭންކް ސްލިޕުން ވިޔަފާރިކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއްޔެ ވެސް އިއުލާންކުރި އެވެ.