ފ. އަތޮޅުގެ ފުލުހުންނަށް ކައުންޓަ-ޓެރަރިޒަމް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި އެވެ.
މި މަހުގެ 9-10 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ކައުންޓަ-ޓެރަރިޒަމް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ފ. އަތޮޅު ޕޮލިސް ގުޅިގެންނެވެ.
ޕްރޮގްރާމުގައި، ޓެރަރިޒަމާ ގުޅުން ހުރި ތަފާތު ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތަކުގެ މައުލޫމާތު ދިނުމާއި ކައުންޓަ-ޓެރަރިޒަމަށް ހޭލުންތެރިކޮށް އަދި ފްރަންޓްލައިން އޮފިސަރުންގެ ރޯލުތަކާއި ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ. އަދި މައުލޫމާތު ދިނުމަށް ސިނާރިއޯ ބޭސްޑް ޓްރެއިނިންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގެ ފުލުހުންނަށް އަމާޒުކޮށްގެން ކައުންޓަ-ޓެރަރިޒަމާ ގުޅޭ ޕްރޮގްރާމްތައް ސިލްސިލާކޮށް އަންނަނީ ހިންގަމުންނެވެ.