Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

އެގްރިކަޗްލަ މިނިސްޓަރު އިޓަލީ އަށް

އިންޓަނޭޝަނަލް ފަންޑު ފޮ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް(އިފާޑް) ގެ 48 ވަނަ ގަވަނިންގ ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިނެވުމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ އިޓަލީއަށް މިއަދު ފުރާވަޑައިނަވައިފި އެވެ.

މި މަހުގެ 12-13 އަށް ގެ ރޯމްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި ބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައްކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި ހަރުދަނާ ކުރެވި ދާނެ ގޮތްތަކާއި ގުޅޭގޮތުން، ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ މިނިސްޓަރުންނާއި ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިނަވައި، ތަޖްރިބާ ހިއްސާކުރުމާއި، މަޝްވަރާތައް ކުރިޔަށް ގެންދާނެ އެވެ.