Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ގެއްލުނު ސިނގިރެޓްތަކުގެ ފައިސާ ހޯދަން ޝަރީއަތަށް

ދެ ބޮންޑެޑް ވެއައާއުސްއަކުން ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން ބުނީ ދެ ބޮންޑެޑް ވެއަހައުސްއެއްގައި ހުރި މުދާ ޤަވާއިދާ ޚިލާފަށް ނެރުނު މައްސަލައިގަ ކަސްޓަމްސް އިން ނެރުނު ބަޔާނުގެއްގައި ބުނީ އެގްޒޯޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ތަބް ޗެކްކުރިއިރު، އެ ބޮންޑެޑްވެއާހައުސްގައި ހުންނަން ޖެހޭ ޖުމްލަ 575 ކޭސް ސިނގިރޭޓް ގަވާއިދާ ޚިލާފަށް ނެރެފައިވާކަން ފާހަގަވާ ކަމަށެވެ.

މީގެ އިތުރުން، އެސްޖީއެމް ބޮންޑެދް ވެއާހައުސްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ތަން ޗެކްކުރިއިރު، އެތަނުގައި ހުންނަން ޖެހޭ އެމެރިލަން ލެޖެންޑްގެ ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލެދސޭސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ ކަމަށް ކަސްޓަމް އިން ބުންޏެވެ.

މި ދެ މައްސަލަ ވެސް ފުލުހުންނާ ގުޅިގެން ތަޙްގީގް ކުރަމުން އަންނަ އިރު ދެ ބޮންޑެޑްވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓިކް ބޮންޑެޑް ވެއާހައުސްއިން ދައްކަންޖެހޭ 47,182,011.86 ރުފިޔާ އާއި އެސްޖީއެމުން ދައްކަންޖެ ހޭ 20,720,412.54 ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވެސް އޭޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ބޮންޑެޑްވެއަހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެހެއްޓޭ ގޮތަށާއި، މީހުން ދިރިއުޅޭ ޢިމާރާތެއްގައި ނުވަތަ ޢިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނުހެދޭ ގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް ވަނީ އިސްލާޙު ވެސް ގެނެސްފަ އެވެ.