ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ދެ ލެގުގެ ވެސް ޗައިނާގައި ކުޅޭ ގޮތަށް ފީފާއިން އިން ހަމަޖައްސައިފި އެވެ.
ފީފާއިން މިގޮތަށް ހަމަޖެއްސީ، އަންނަ މަހުގެ 8 ވަނަ ދުވަހު މާލޭގައި ކުޅެން ހަމަޖެހިފައި ރާއްޖޭގެ ހޯމް ލެގު މެޗު، ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީ މާލޭގައި ކުޅެވެން ނެތް ކަމަށް އެފްއޭއެމް އިން އެންގުމުންނެވެ.
ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވެފައިވާތީ، އަންނަ މަހުގެ 8 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް މާލޭގައި ރާއްޖެ ކުޅެން އޮތް މެޗު އެފްއޭއެމުން ވަނީ ޗައިނާގެ ހޯމް މެޗުގެ ގޮތުގައި އެ ގައުމުގައި ކުޅެ އަންނަ އަހަރުގެ މާޗު މަހު ޗައިނާގައި ކުޅެން އޮތް މެޗު މާލެ އަށް ބަދަލުކުރަން އެފްއޭއެމްއިން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތަށް ހަމަނުޖެހިއްޖެ ނަމަ އެފްއޭއެމުން މަސައްކަތްކުރީ، އަންނަ މަހުގެ 8 ވަނަ ދުވަހު ކުޅޭ މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅޭގޮތަށެވެ.
ނަމަވެސް ރާއްޖޭގެ އެހެން ދަނޑެއްގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗް ކުޅޭ ގޮތަކަށް އެފްއޭއެމް އިން ވާހަކަދައްކާފައެއް ނުވެއެވެ.
އެފްއޭއެމްގެ ފަރާތުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި އަންނަ އަހަރުގެ މާޗު މަހު އޮންނަ މެޗު ރާއްޖޭގެ ހޯމް މެޗަށް ހަދައި މާލޭގައި ކުޅެން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި އެގޮތަށް ބަދަލުނުކުރެވުނީ ޗައިނާ އިން އެ މެޗުގެ ޓީވީ ރައިޓްސް އާއި އެހެނިހެން ރައިޓްސް ވިއްކާލާފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ނިއުޓްރަލް ދަނޑެއްގައި ކުޅެން ބަލާއިރު ދަނޑު ހިފުމާއި ކަރަންޓާއި މިފަދަ ހަރަދުތައް ކުރަން ޖެހެނީ ރާއްޖޭން ކަމަށާއި އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި ސެޕްޓެމްބަރު 8 ގެ މެޗު ޗައިނާގައި ކުޅޭއިރު ހިނގާ އެފަދަ ހުރިހާ ހަރަދެއް ދޭން ޗައިނާ އިން އެއްބަސްވެފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ސެޕްޓެމްބަރު 8 ގެ މެޗު ޗައިނާގެ ޝެންޔަންގެ އޮލިމްޕިކް ސްޕޯޓްސް ސެންޓާ ސްޓޭޑިއަމުގައި ކުޅޭއިރު އަންނަ އަހަރުގެ މާޗު 24 ވަނަ ދުވަހު ކުޅޭ މެޗު ކުޅޭނީ ޗައިނާގެ ވޫހާންގެ ސްޕޯޓްސް ސެންޓާ ސްޓޭޑިއަމުގަ އެވެ.
ދެ މެޗު ވެސް ޗައިނާގައި ކުޅެން ހަމަޖެއްސުމުން، މި ގްރޫޕުގެ އެއް ވަނައިގައި އޮތް ހޮންކޮން އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.